Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ކުޑަ މާރުކޭޓެއް ހިންގި ބިދޭސީއަކު ހައްޔަރަށް

މާލޭގައި ކުޑަ މާރުކޭޓެއް ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އެތަނުން މިއަދު ބުނީ އެ މީހާ އަތުލައިގަތީ އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ތަފާތު އެކި ކަހަލަ ވިޔަފާރި ހިންގަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިހާތަނަށް އަތުލައިގެންފައިވެ އެވެ.

އަތުލައިގަނެވޭ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.