* ބޭނުންވާ ތަކެތި:
2 ސައިފަތް ޕެކެޓް
1/4 ހޫނު ފެން
ވެނީލާ ބީންސް ނުވަތަ އެސެންސް
1 ޖޯޑު އައިސް ކިއުބް
1 ޖޯޑު ލޯފެޓް ވެނީލާ ޔޯގަޓް
މުގުރި ފޮނިތޮށި (ސާވްކުރަން)
* ތައްޔާރު ކުރާނެ ގޮތް:
ޖަގަކަށް ހޫނުފެން އަޅާފައި އެއަށް ސައިފަތް ޕެކެޓް ލުމަށް ފަހު މަތި ޖަހާފައި ފަސް ވަރަކަށް މިނެޓު ބަހައްޓާށެވެ.
ދެން ސައިފަތް ޕެކެޓުތައް ނަގައި، ޖަގުގައި ހުރި ސައިފަތުފެން ހިހޫވަންދެން ބަހައްޓާށެވެ. އެއަށް ފަހު ބްލެންޑަރެއްގައި ޔޯގަޓް، ވެނީލާ ބީންސް، އައިސްކިއުބް، އަދި ޖަގުގައި ހެދި ސައިފަތުފެން ފޮދު އެކުވަންދެން ގިރާލާށެވެ.
ދެން ވަކިވަކި ތައްޓަށް އެޅުމަށްފަހު މައްޗަށް ފޮނިތޮށި އަޅައި ސާވްކުރާށެވެ.