Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

މަގުތަކަށް ދޫކޮށްލާފައި ހުރި 12 ވެހިކަލެއް ޓޯކޮށްފި

ހުޅުމާލޭ ފޭސް 1 އަދި ފޭސް 2ގެ މަގުތައްމަތީގައި ގިނަ ދުވަސް ވަންދެން ބޭނުންނުކޮށް ބަހައްޓާފައިވާ ވެހިކަލްތައް ޓޯ ކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލޭގެ މަގުތަކަކީ ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޑީކޮންގެޝަން ޕްރޮގްރާމުގެ ދަށުން، ގިނަ ދުވަސްވަންދެން ބޭނުން ނުކޮށް މަގުތަކަށް ދޫކޮށްލާފައިވާ ވެހިކަލްތަކާއި، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް އެ ތަންތަނުން ނަގާފައިވާ ކަމަށެވެ.

އެގޮތުން 12 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިސްނަގައިގެން، ފުލުހުން އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މާލޭގެ މަގުތައް އިތުރަށް ރައްކާތެރިކޮށް، ދަތުރުފަތުރު ކުރުމަށް ފަސޭހަ ތަނަކަށް ހެދުމެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މާލޭގެ އެހެން ސަރަޙައްދުތަކުގައި ވެސް މިފަދަ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.