މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ބޮޑު އެއް ޙަދީޘް ޢިލްމުވެރިޔާ އަބޫ އިސްޙާޤް އަލްޙުވައިނީ ރޭ އަވަހާރަވެއްޖެ އެވެ.
މިސްރަށް އުފަން ޝެއިހް އިސްޙާޤު އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިން ގަތަރުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އާއިލާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 68 އަހަރެވެ.
ޝެއިޚް އަލްޙުވައިނީ އުސްތާޒުންގެ ތެރޭގައި މުޙައްމަދު ނަޖީބު އަލްމުޠީޢީ އާއި ޢަބްދުލް ޙަމީދު އަލްމިޝްކު ހިމެނިވަޑައިގަނެ އެވެ. އަދި އައްޝައިޚް އަލްބާނީ އާއި އިބް ބާޒާ އާއި އިބްނުލް ޢުޘައިމީން ފަދަ ފަހުގެ ބޮޑެތި ޢިލްމުވެރިންނާާއި ބައްދަލުކުރެއްވި އެވެ.
އައްޝައިޚް އަބޫ އިސްޙާޤުލްޙުވައިނީ ގެ އަސްލު ނަށް ފުޅަކީ ޙަޖާޒީ ބުން މުޙައްމަދު ބުން ޔޫސުފް ބުން ޝަރީފު އަލްޙުވައިނީ އަލް މިޞްރީ އެވެ.