Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ކާނިވާ އާ ސްޓޭޖް ހުންނާނެ ގޮތް ދައްކާލައިފި

މާލޭގެ ކާނިވާ ސަރަޙައްދުގައި މިހާރު ހުރި ސްޓޭޖްގެ ބަދަލުގައި ހަދަން ނިންމާފައިވާ އާ ސްޓޭޖް ހަދައި ނިމުމުން ހުންނާނެ ގޮތް ދައްކާލައިފި އެވެ.

އާ ސްޓޭޖް ހުންނާނެ ގޮތުގެ ކުރެހުން މާލެ ސިޓީ ކައުންސިލުން މިއަދު ދައްކާލިއިރު އެ މަސައްކަތް މި މަހުގެ 14 ގައު ހަވާލުކުރީ ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އަހަރުގެ ޖުލައި 31 ގެ ނިޔަލަށް ނިންމަން ޖެހޭ ސްޓޭޖް ހަދަން 4.84 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ ކާނިވާ ސްޓޭޖު ދެން ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.

މިހާރު ބޮޑަށް ހަލާކުވެ ވީރާނާވެފައިވާ ކާނިވާ ސްޓޭޖަކީ މާލޭގައި ބާއްވާ ބޮޑެތި އިވެންޓްތައް މީގެ ކުރިން ބާއްވަމުން އައި ތަނެކެވެ.