* ބޭނުންވާ ތަކެތި:
120 ގްރާމް ސްޕެގެޓީ (ރަނގަޅަށް ފެނުކައްކާފައި)
1/2 ޖޯޑު އޮލިވް އޮއިލް
6-8 ލޮނުމެދު (ވަރަށް ތުނިކޮށް ކޮށާފައި)
1/2 ސައިސަމުސާ މުގުރި މިރުސް
ބޭނުން ނަމަ ޕާމެޒާން ޗީޒް
ކޮށާފައި ހުރި ޕާސްލީ ކޮޅެއް
* ތައްޔާރު ކުރާނެ ގޮތް:
ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ލޮނުމެދު އަދި މުގުރި ހިކި މިރުސްކޮޅު 3-2 މިނެޓް ވަންދެން ހޫނުކޮށްލާށެވެ. ލޮނުމެދު ކޮޅު ނުއަނދާ ވަރަށް ހޫނުކުރަން ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.
އެއަށް ފަހު މީގެ ތެރެއަށް ފެނުކައްކައި މަޑުކޮށްފައި ހުރި ސްޕެގެޓީކޮޅު ބައިބައިން އަޅަމުން، ލޮނުމެދު ސޯސްކޮޅާ ރަނގަޅަށް އެއްވަންދެން އެއްކުރަމުން ގެންދާށެވެ. އަދި ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް އަޅައި އެއްކޮށްލުމަށް ފަހު، ބޭނުންނަމަ މައްޗަށް ޗީޒް އަދި ޕާސްލީކޮޅެއް އަޅާލެވިދާނެ އެވެ.