Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ޖައިޝަންކަރު، ހަލީލްއާ ބައްދަލުކުރައްވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގައި މިހާރު ކުރިއަށްދާ ރައިސިނާ ޑައިލޮގުގެ ހަވާސާގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ތަރައްގީގެ ދާއިރާ އިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ދެ ބޭފުޅުން ކުރައްވާފައިވާ ކަމަށެވެ.

ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ކޮންފްރެންސްގެ ހަވާސާގައި އެހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއެކު މިނިސްޓަރު ހަލީލު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ