Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

އުސްފަސްގަނޑުގައި ބައިބައިލާ ކުޅޭ ތަނެއް ހަދައިފި

މާލޭގެ ޒުވާނުންނަށް ހާއްސަކޮށްގެން އުސްފަސްގަނޑުގައި ބައިބަލާ ކުޅޭނެ ތަނެއް ހަދައިފި އެވެ.

އިއްޔެ ފެށި މި މަސައްކަތަކީ ލޯކަލް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެ މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެއްވި އިރުޝާދަކާ ގުޅިގެން ފެށި މަސައްކަތެއް ކަމަށެވެ.

އުސްފަސްގަނޑުގައި ބައިބަލާ ކުޅޭނެ ތަނެއް ހެދީ މާފަންނު ސަހަރާ އިން ބައެއް ސާފުކޮށް އެތަނުގައި ބައިބަލާ ކުޅޭނެ ތަނެއް މާލެ ސިޓީ ކައުންސިލުން ހެދުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ. އެ މައްސަލަ ހޫނުވުމުން އެކަމުގެ ޒިންމާއާ އެއްވެސް ބަޔަލުި ހަވާލުވެފައި ނުވާ އިރު، ދީނީ ބައެއް އިލްމުވެރިން ވެސް އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެކަން ހުއްޓާލަން ގޮވާލައްވާފައިވެ އެވެ.