Last Updated: April 21, 09:44
Monday, April 21, 2025
ޚަބަރު

ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރައްވައިފި އެވެ.

‎ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ޝަހީދާ ހަވާލުކުރައްވާފަ އެވެ.

‎ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެ އެވެ. ހަ

މީގެއިތުރުން ޝަހީދު ވަނީ މާސްޓާސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ޙާޞިލުކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.