Last Updated: April 21, 09:44
Monday, April 21, 2025
ޚަބަރު

ހައިކޯޓު ހިންގުން ފައިސަލްއާ ހަވާލުކޮށްފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް. ފޮޓޯ: މިހާރު

ހައިކޯޓު ހިންގުން ފަނޑިޔާރު މުޙައްމަދު ފައިސަލާ ހަވާލުކޮށްފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމެވީ ހައިކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ޝަހީދު މިއަދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

‎ސުޕްރީމް ކޯޓަށް މިއަދު އައްޔަންކުރެއްވި ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެ އެވެ.

މީގެއިތުރުން ޝަހީދު ވަނީ މާސްޓާސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ޙާޞިލުކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.