ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކޭޝް ވަގުފު ފަންޑު ފަށާނީ 15 މިލިއަން ރުފިޔާއާ އެކު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކާ މިނިސްޓަރު ހިއްސާ ކުރެއްވި މެސެޖެއްގައި ބުނީ އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑު ތަރައްގީކޮށް، ޝަރުއީ އުސޫލުތަކާ އެއްގޮތަށް، (ކޭޝް ވަގުފު) ކުރެވޭނެ ނިޒާމު މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.އަދި ކޭޝް ވަގުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާ އިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ޝަހީމު ވިިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
"ވަގުފު ފަންޑަށް ސަދަގާތާއި ޚައިރާތާއި ހިބައާއި ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެ. މިބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެންދާނީ ކޭޝް ވަގުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިން،" އޭނަ ވިދާޅުވި އެވެ. "މި ހެޔޮ ބަދަލަކީ ފަންޑު އުފެދުނުތާ ފަނަ އަހަރު އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލުތައް."
އިސްލާމިކް މިނިސްޓްރީން ވަނީވަގުުފު ފަންޑުން ހޭދަކުރުމުގެ އުސޫލު ވެސް އެކުލަވާލައި ގެެޒެޓްކޮށް އިއްޔެ އިން ފެށިގެން އެ އުސޫލަށް އަމަލު ވެސް ކުރަން ފަށައިފަ އެވެ.
އެ އުސޫލުގައިވާ ގޮތުން ވަގުފު ފަންޑު ބެލެހެއްޓުމާ ޙަވާލުވާ ފަރާތަކީ އިސްލާމިކް މިނިސްޓަރެވެ. އަދި އަދި ހުރިހާ ޙާލަތެއްގައި ވެސް ވަގުފު ފަންޑަށް ޒިންމާވާން ޖެހޭ އެންމެ އިސް ފަރާތަކ،ީ އިސްލާމިކް މިނިސްޓްރީ އެވެ.