މި މަހުގެ 18 ގައި ފާހަގަކުރި މި އަހަރުގެ "ގްލޯބަލް ރިސައިކަލިން ޑޭ" އާ ގުޅުވައިގެން މާލެ ސިޓީ ކައުންސިލުން "ގެޓް ކްރިއޭޓިވް ގޯ ގްރީން އެންޑް ވިން ބިގް" ގެ ނަމުގައި ޓިކްޓޮކް މުބާރާތަކަށް ހުޅުވައިލައިފި އެވެ.
ކައުންސިލުން ބުނީ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 25 ގެ ނިޔަލަށް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުކޮށް، ހުރިހާ ޢުމުރުފުރާތަކަށް ހުޅުވާލައިފަ އެވެ.
ކައުންސިލުން ބުނީ މުބާރާތުގައި ވާދަކުރުމަށް، ކޮންމެ ބައިވެރިއަކު ވެސް، އާންމު ދިރިއުޅުމުގައި ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ފަދަ އެއްޗެއް، ރިސައިކަލް ކުރުމަށް ފަހު އެކަމާ ގުޅޭ ވީޑިއޯ އެމީހެއްގެ އަމިއްލަ ޓިކްޓޮކް އެކައުންޓަށް އަޕްލޯޑް ކުރުމުން މުބާރާތުގައި ވާދަކުރެވޭނެ ކަމަށެވެ. ވީޑިއީ ޕޯސްޓްކުރާނީ ޖެހުމަށް ފަހު RecycleWithMaleCity# އެވެ.
މި މުބާރާތުގެ އެއް ވަނައަށް، 6،000ރ.، ދެ ވަނައަށް 4،000ރ. އަދި ތިން ވަނަ އަށް 2،000ރ. ލިބޭނެ އެވެ. ވަނަތައް ހޮވާނީ ވީޑިއޯތަކަށް ލިބޭ ޝެއާތަކުގެ އަދަދަށް ބަލައިގެންނެވެ. އެވެ.