Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

މަތިކިޅީގައި ރޯވުމަކީ ވަރަށް ބޮޑު ގެއްލުމެއް

މަތިކިޅީގައި ރޯވި އަލިފާންގަޑު ފެރުރެމުންދަނީ، ފޮޓޯ: އީމާން

އައްޑޫ މީދޫ މަތިކިޅި އިކޯ ގާޑަންގައި ރޯވެ އިއްޔެ އެތަނަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑު ކަމަށް މަތިކިިޅި ސޮސައިޓީން ބުނެފި އެވެ.

އެތަނުން ބުނީ އިއްޔެގެ ބިޔަ ބޮޑު އަލިފާނުގެ ހާދިސާގައި މަތިކިޅީގެ ގްރާސް ފިލްޑުގެ ގާތްގަނޑަކާށް 60 ޕަސެންޓު އަނދައި އަޅިއަށްވެފައިވާ ކަމަށެވެ. އަދި އެތަން އަލުން ރިކަވެދާނެ ކަމަށް ބުންޏެވެ.

މަތިކިޅީގައި ރޯވި އަލިފާންގަޑު ފެރުރެމުންދަނީ، ފޮޓޯ: އީމާން

"އެހެން ނަމަމަވެސް ކަނޑޮފިށި ހައި ވެޖްޓޭޝަން ލައިން ރިކަވަރ ވުމަށް އަހަރުތަކެއް ނަގާނެ. އެތާމގައި ބޯކޮށް ހެދިފައިވާ މާކަށިކެޔޮ ގަހާއި ދިއްގާ ގަހަކީ އެތައް އަހަރެއް ވެފައިވާ ގަސްތަކެއް، ވެ. ކަނޑޮފީޝަކީ މިހާރު މާކާނާއި ރާބޮނދި ފަދަ ދޫނިތަކުގެ ސެންކުޗަރީއެއް،" މަތިކިޅި ސޮސައިޓީން ބުންޏެވެ. "ވމޫސުމީ ގޮތުން ހިޖްރަކުރާ ބައެއް ދޫނިތަކުގެ ވަގުތީ މަރުކާޒަކީ ވެސް ކަނޑޮފިށި."

އެ ޖަމިއްޔާ އިން ބުނީ އެތަނުގައި ހިނގައި ދިޔަ މިއަދުގެ އަލިފާނުގެ ހާދިސާއާ އެ ދޫނިތަކުގެ މާހައުލު ވެސް އަހަރު ތަކަކަށް ގެއްލިގެން ދިޔައީ ކަމަށެވެ.

މަތިކިޅީގައި ރޯވި އަލިފާންގަޑު ފެރުރެމުންދަނީ، ފޮޓޯ: އީމާން

"މިއީ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި މަތިކިޅީގެ ގުދުރަތީ މާހައުލަށް ލިބުނު އެންމެ ބޮޑު ގެއްލުން." މަތިކިޅި ސޮސައިޓީން ބުންޏެވެ.

އެތަނަކީ އައްޑޫގެ އެންމެ ހިތްގައިމު ގުދުރަތީ އެއް ތަނެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ މަތިކިޅީގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 11:45 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.