Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާ ދެނީ

ސިނަމާލެ ބްރިޖު ކައިރިން މާލެއަށް ފައިބާ ސަރަހައްދުން ދެ ސައިކަލު ޖެހި އެކްސިޑެންޓުވެ، ދެ މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ބްރިޖުން ފައިބާ ސަރަހައްދުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް މިއަދު 10:21 ހާއިރު ފުލުހަށް ރިޕޯޓު ކުރި ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެ މީހުންނަށް އަނިޔާވެގެން ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.