Last Updated: April 7, 17:52
Monday, April 7, 2025
ޚަބަރު

އަމިއްލަ އިންޝުއަރެންސާ އެކު އަލުން އާސަންދަ

އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އެ އިންޝުއަރަންސަށް އިސްކަން ދިނުމަށް ފަހު އާސަންދަ ލިބޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް، އަމިއްލަ އިންޝުއަރަންސާ އެކު ވެސް އާސަންދަ ލިބޭ ގޮތަށް އަލުން ހަދައިފި އެވެ.

އެ ނިންމުމަކީ އާސަންދަ އިން ކުރާ ހަރަދު ކުޑަކޮށް، އެ ސްކީމް ރީފޯމް ކުރުމުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގެނައި ބަދަލެކެވެ. އެގޮތުން އެ ސްކީމަށް ގެނައި ބަދަލުގެ ދަށުން އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަ އޭގެ ލިމިޓް ހަމަނުވަނީސް އާސަންދައިގެ ޚިދުމަތް ނުދިނުމަށް ނިންމި އެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަވެސް މިހާރު އާސަންދައި އިން އިއްޔެ އިން ފެށިގެން އައުޓް ޕޭޝަންޓްގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ކޮންސަލްޓޭޝަން ފީ އާސަންދައިގެ ތެރެއިން ލިބޭނެ އެވެ. އަދި އައުޓްޕޭޝަންޓް އެހެން ހިދުމަތްތަކަށް މި އުސޫލަށް އަމަލު ކުރަން ދާނީ މި މަހުގެ 27 އިން ކަމަށް ބުންޏެވެ.

އާސަންދަ އިން ބުނީ އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހިދުމަތް ހޯދާ އިރު، އެންމެ ފުރަތަމަ ޗާޖް ކުރާނީ އެ އިންޝުއަރެންސް ޕްލޭނުން ފޯރުކޮށްދޭ މިންވަރަށް ކަމަށެވެ. އެ ޕްލޭނުން ކަވަރުކުރާ މިންވަރު އިތުރުވުމުން އާސަންދަ ސްކީމުން ހިދުމަތް ލިބޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ