Last Updated: April 2, 22:48
Wednesday, April 2, 2025
ރިޕޯޓް

ފަހު 10 ރަަސޫލާ ހޭދަކުރެއްވީ ކިހިނެއް؟

ކޮންމެ މުސްލިމަކު ވެސް ރަމަޟާން މަހުގެ ފަހު 10 އެއް އަޅުކަމުގައި އެންމެ އެދެވޭ ގޮތުގައި ހޭދަކުރަން ބޭނުން ވާނެ އެވެ. ނަބިއްޔާ صلى الله عليه وسلم މި ދުވަސްތައް ހޭދަ ކުރައްވާފައިވާ ގޮތް އެނގިއްޖެ ނަމަ އެ ގޮތައް މި ދުވަސްތައް ހޭ ދަކުރަން އަހަރެމެން ބޭނުން ވާނެއެ ވެ.

އެހެންކަމުން މި ލިޔުމުގައި އަލިއަޅުވައިލާނީ ނަބިއްޔާ صلى الله عليه وسلم މި ދުވަސްތައް ހޭދަކުރައްވާފައިވާ ގޮތުގެ މައްޗަށެވެ.

1. ރޭތައް އިޙްޔާ ކުރެއްވުން

ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ނަމާދު ކުރުމާއި، ޤުރްއާން ކިޔެވުމާއި، ޒިކުރު ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

2. ފަހު 10 އެއްގައި، ނަބިއްޔާ صلى الله عليه وسلم ގެ އަހުލުވެރިން ނުވަތަ ޢާއިލާގެ ބޭފުޅުން، ނަމާދަށް ގޮވައިލައްވާ ނަންގަވާ

އެހެން މަސްތަކަށް ވުރެ ބޮޑަށް މި މައްސަރުގައި ޢާއިލާގެ ބޭފުޅުންނަށް ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނަމާދަށް، ފަހު 10 އެއްގައި ބާރު އަޅުއްވަ އެވެ.

3. ފަހު 10 އެއްގައި ނަބިއްޔާ صلى الله عليه وسلم ކަމަރު ބާރު ކުރައްވާ
މި ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނުގެ އަނބިންނާ އެއްދާންކުރުމުން ދުރުހެލިވެވަޑައިގަންނަވައެވެ.

4. މަޣްރިބް ނަމާދާއި ޢިޝާ ނަމާދާ ދެމެދު ފެންވަރާ ހިނައިގަންނަވާ
މި ކަމާ ގުޅިގެން ވާރިދުވެފައިވާ ޙަދީޘް ޟަޢީފެވެ. ނަމަވެސް މިކަމަށް ޝަރުޢީ އަޞްލެއް އެބައޮތެވެ.

އިބްނު ރަޖަބު ވިދާޅުވެފައިވެއެވެ. “ލައިލަތުލް ޤަދްރިއަށް ވުން އެކަށީގެންވާ (އުންމީދު ކުރެވެވޭ) ރޭތަކުގައި ފެންވަރާ ރީތިވުމާއި، ރިވެތި ހެދުން ލައި ޒީނަތްތެރިވުމާއި، ހުވަނދުލުން މުސްތަޙައްބު ވެގެން ވެއެވެ. މީސްތަކުން ޖަމާވާ ހާލަތްތަކާއި ޢީދުތަކުގައި މިކަންކަން ޝަރުޢުވެގެންވާ ފަދައިންނެވެ. އަދި ނަމާދުކުރާ ކުރާ ކޮންމެ ހިނދެއްގައި ވެސް ރިވެތި ހެދުން ލުން ޝަރުޢުވެގެންވާ ފަދައިންނެވެ. މާތް الله ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ﴾ މާނައީ: “ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!” އިބްނު ޢުމަރު رضي الله عنه ވިދާޅުވެފައިވެއެވެ. އެފަރާތަކަށްޓަކައި ޒީނަތްތެރިވުން އެންމެ ޙައްޤު ފަރާތަކީ މާތް الله އެވެ.”

5. އެކަލޭގެފާނު ފަހު 10 އެއްގައި އިޢުތިކާފު ކުރައްވައެވެ.
6. ލައިލަތުލް ޤަދްރި ހޯދަން މަސައްކަތްކުރުން
ބުޚާރީއާއި މުސްލިމުގައި ވެއެވެ. ޢާއިޝާ رضي الله عنها ރިވާކުރައްވާފައިވެ އެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ރަމަޟާން މަހުގެ ފަހު 10 އެއްގައި ލައިލަތުލް ޤަދްރި ހޯދުމަށް ތިޔަބައިމީހުން ގަދައަޅައި މަސައްކަތް ކުރާށެވެ.

މަސްދަރު: އިލްމު.އެމްވީ