* ބޭނުންވާ ތަކެތި:
3 ޖޯޑު ކުކުޅު މަސް (ކަށި ނަގާފައި)
1/2 ޖޯޑު ލީކްސް (ކޮށާފައި)
1/2 ޖޯޑު ޗިލީ ސޯސް
1/2 ޖޯޑު ޓޮމާޓޯ ސޯސް
2 ޓޮމާޓޯ (ބޮޑެތިކޮށް ކޮށާފައި)
2 ފިޔާ ބޮޑެތިކޮށް ކޮށާފައި
3 ރަތް، ރީނދޫ އަދި ފެހި ކުލައިގެ ބެލް ޕެޕާ (އަރިއަށް ކޮށާފައި)
1 ފަޅި ބޮޑު ރަތް މިރުސް (ކޮށާފައި)
1 ސައިސަމުސާ ލޮނުމެދު (ގާނާފައި)
1/2 ސައިސަމުސާ އިނގުރު (ގާނާފައި)
1 މޭޒުމަތީ ސަމުސާ ކޯން ފްލާ
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
2 ބިސް
ކުޑަ އަޖިނަމޮޓޯކޮޅެއް
ލޮނުކޮޅެއް، ތެޔޮފޮދެއް، ހިކަނދިފަތް
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ލޮނު، ސޯޔާ ސޯސް، ބިސް، ކޯންފްލާ، އަސޭމިރުސް އެއްކޮށްފައި ރަނގަޅަށް ގިރާލުމަށް ފަހު ކުކުޅުމަސްކޮޅު އަޅާފައި މެރިނޭޑްކުރަން ބަހައްޓާށެވެ.
ދެން ކުކުޅުކޮޅު ރޯފިލަންދެން ތެލުލައިލާށެވެ.
އެއަށް ފަހު ފިޔާ ބޮޑުމިރުސް، ކެޕްސިކަމް، ހިކަނދިފަތް، ތެއްޔެއްގައި ވަޅޯކޮށްލާށެވެ. ދެން ތެލީގެ ތެރެއަށް ކުކުޅު ފިޔަވައި ހުރިހާ ބާވަތެއް އަޅާލާފައި ރަނގަޅަށް ހާކާލާށެވެ. ކުޑަކޮށް ކެކުމުން ކުކުޅުތައް ތެއްޔަށް އަޅައި ރަނގަޅަށް ހޭކުމަށް ފަހު ރަހަ ހެޔޮވަރުވުމުން ބާލާށެވެ.