Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

އެމްއެމްއޭގެ އޮފީހެއް ހުޅުމާލޭގައި އޮފީހެއް އަޅަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭނުންވާ އޮފީސް އިމާރާތެއް ހުޅުމާލޭގައި އަޅަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

މަރުކަޒީ ބޭންކުން ކުރި އިއުލާނެއްގައި ބުނީ ކޮންސަލްޓެންސީ ބޭނުން ވަނީ އެ އިމާރާތް ޑިޒައިން ކުރުމާއި އިމާރާތް ކުރުމަށް ކަމަށެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 30 އާ ހަމައަށެވެ.

ބީލަން ހުށަހެޅުމާއި މިކަމާ ބެހޭ އިތުރު މައުލޫމާތު މި މެއިލް procurement@mma.gov.mv އިން ހޯދޭނެ އެވެ.

އެމްއެމްއޭ އިން ހުޅުމާލޭގައި ހަދަން ނިންމާފައި އޮފީސް އިމާރާތް ހަދަން ހަމަޖެހިފައި ވަނީ ފޭސް އެކެއްގަ އެވެ.

އެމްއެމްއޭއަށް ހުޅުމާލޭގައި އޮފީސް އިމާރާތެއް ހަދާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލި އިރު، އެތަނަށް ސަރުކާރުން ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަން އުޅޭ ވާހަކަތަކެއް ފެންމަތިވެފައިވެ އެވެ.