ރާއްޖޭގެ އެންމެ ރީތި މިސްކިތް ބ. އޭދަފުށީގައި ހުޅުވައިފި އެވެ.
"މަސްޖިދު މުހައްމަދު އަލީ" ހުޅުވީ އިއްޔެ މަޢުރިބު ނަމާދަށެވެ. އިސްލާމީ ފާޑުވެރިކަން ވަރަށް ބޮޑަށް މި މިސްކިތަކީ އޭފަދުށީ ޑޭޒީވިލާ މުހައްމަދު އަލީގެ ހަރަދުގައި އޭނަގެ ނަމުގައި ބިނާކޮށް ހުޅުވި މިސްކިތެކެވެ. މި މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުނީ އޭނަގެ ދަރިންނާއި އާއިލާ އެވެ.
މުހައްމަދު އަލީގެ މިހާރު 91 އަހަރެވެ.
އާއިލާ އިން ބުނޮ ގޮތުގައި އޭނަ އެންމެ ބޭނުންވި ކަމަކީ ވެސް ރަށުގައި މިސްކިތެއް ބިނާކުރުން ކަމަށާއި އެކަން ހަގީގަތަކަށްވެގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މަސްޖިދުލް މުހައްމަދުގެ އާއިލާ އިން ބުނެފައިވާ ގޮތުގައި މިސްކިތް އިމާރާތް ކުރުމުގައި އަސްލަކަށް ބެލީ އޮމާނާއު އުޒްބަކިސްތާނާއި ދުބާއީ އާއި ސައޫދީ އަރަބިއްޔާ އަދި ތުރުކީ ފަދަ ގައުމުގެ މިސްކިތްތަކެވެ.
"މަސްޖިދު މުހައްމަދު އަލީ" އަކީ އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ތަނަވަސް އެތެރެ އާއި ބޭރު ވެސް ވަރަށް ހިތްގައިމު މިސްކިތެކެވެ.