Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ފޭދޫ ހައުސިން ޔުނިޓްތަކުގެ 52 ޕަސެންޓް ނިންމައިފި

ފޭދޫގައި ހަދާ ހައުސިން ޔުނިޓްތައް. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ފޭދޫގައި އިމާރާތް ކުރަމުން އަންނަ 75 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ 52.4 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ދެހާސް ތޭވީހުގެ ތެރޭގައި ފޭދޫ ހިއްކި ބިމުގައި އަމަލީ މަސައްކަތް ފެށި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެސްޖޭ އެވެ. އެގޮތުން ޑިޒައިން އެންޑް ބިލްޑް އުސޫލުން މަޝްރޫއު ކުރިއަށް ގެންދަން އެސްޖޭއޭ ސަރުކާރުން ހަވާލުކުރީ ޖެނުއަރީ 26، 2023 ގަ އެވެ. މަޝްރޫއުގެ އަގަކީ 122 މިލިއަން ޑޮލަރެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ރޭނުމުގެ މަސައްކަތް ކަމަށާއި 75 ޔުނިޓް ހިމެނޭ ފްލެޓްތަކުގެ ހަވަނަ ފަންގިފިލާގެ ޝީޓު ވެސް އަޅައި ނިމިފައިވާ ކަމަށެވެ.

އައްޑޫގައި މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ޖުމްލަ 1،100 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައޮވެ އެވެ. މއޭގެ ތެރޭގައި ހިތަދޫގައި 500 ޔުނިޓް، މަރަދޫގައި 100 ޔުނިޓް، މަރަދޫފޭދޫގައި 100 ޔުނިޓް، ފޭދޫގައި 200 ޔުނިޓް، ހުޅުދޫގައި 100 ޔުނިޓް އަދި މީދޫގައި 100 ޔުނިޓެވެ.

މީގެ ކުރީގެ ދެ ސަރުކާރެއްގައި ވެސް އައްޑޫގައި ހައުސިން މަޝްރޫއުތަކެއް ހިންގާފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގައު 25 ހައުސުން ޔުނިޓް އަޅާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓްތަކެއް އަޅާފައިވެ އެވެ.