* ބޭނުންވާ ތަކެތި:
3 ސްކޫޕް ވެނީލާ އައިސްކްރީމް
1 ޖޯޑު ކިރު
1 ސައިސަމްސާ މިންޓް ސިރަޕް
ވިފްޑް ކްރީމް
2-3 ޗޮކްލެޓް ސޭންޑްވިޗް ކުކީސް
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ވެނީލާ އައިސްކްރީމް، ކިރު، މިންޓް ސިރަޕް އަދި ޗޮކްލެޓް ސޭންޑްވިޗް ކުކީސް މިކްސަރު ތެރެއަށް އެޅުމަށް ފަހު ރަނގަޅަށް ގިރައިލާށެވެ. ރަނގަޅަށް ގިރައި، ތައްޓަށް އެޅުމަށް ފަހު ގާނިޝް ކުރުމަށް ވިފްޑް ކްރީމް ތަށީގެ މައްޗަށް އަޅާލާނީ އެވެ.
ޗޮކްލެޓް މިންޓް މިލްކްޝޭކް ބޭނުން ކުރާނީ ފިނިކޮށްލައިގެންނެވެ.