ކަނޑުމަގުން ބޯޓެއްގައި ރާއްޖެ އެތެރެކުރި 7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 10 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ކްރިިމިނަލް ކޯޓުން އާއްމުކޮށްފައިވާ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ. މިއީ ކޮން ގައުމެއްގެ ބޯޓެއްކަން ބަންދު އަމުރުން އެނގޭކަށް ނެތެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ އަދި އިންޑޮނީޝިއާ އަށް ނިސްބަތްވާ ފިރިހެނުންނެވެ. މި މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
އެ މީހުންގެ ތެރެއިން 5 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ އެއް ދުވަހެވެ. ބާކީ ތިބި މީހުންގެ ބަންދަށް ކޯޓުން ޖެހީ 5 ދުވަހެވެ.