އިންގްލެންޑްގެ އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ކުޅުނު ފުރަތަމަ މެޗުގައި ރޭ ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.
އިންގްލެންޑްގެ ކޯޗުކަމުގެ މަގާމަށް ޓުޗެލް ހަމަޖެއްސީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ނަމަވެސް ރަސްމީކޮށް އިންގްލެންޑްގެ ކޯޗުކަމުގެ ޒިންމާ އަދާކުރަން ޓުޗެލް ފެށީ މި އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނެޓްގައި އިންގްލެންޑަށް ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ ފުލްބެކް، މައިލްސް އެންތޮނީ ލުވިސް ސްކެލީ އެވެ. މިއީ ޖޫޑް ބެލިންހަމް ދިން ރީތި ޕާހަކުން އަލްބޭނިއާގެ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.
މި ގޯލަށް ފަހު އިންގްލެންޑުން ދިޔައީ އަލްބޭނިއާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންގްލެންޑްގެ ދެވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ އިންގްލެންޑްގެ ގައުމީ ޓީމަށް ކޭން ކާމިޔާބުކޮށްދިން 70 ވަނަ ގޯލެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު އިންގްލެންޑް ނިކުންނާނީ ލެޓްވިޔާއާ ދެކޮޅަށެވެ.