Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

މައުރަޒުގައި ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ

އަންނަ މެއި މަހި ބާއްވަން ހަމަޖެހިފައިވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު" ގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ މި މައުރަޒު އޮންނާނީ މެއި 23-30 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

އެތަނުން ބުނީ ކުރިން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 15 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭ ގޮތަށް އޮތް ނަމަވެސް މިހާރު މި އުސޫލު ބަދަލުކޮށް، ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުސަތު ފަހިކޮށް ދީފައިވާ ކަމަށެވެ.

މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އޮތީ ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 އަށެވެ.

މި އަހަރު ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު" ވާނީ މިހާތަނަށް މިފަދަ އެންމެ ބޮޑު މައުރަަޒަށެވެ.