Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ސާފު ބޯފެން ކަށަވަރު ކުރުމަކީ އެންމެ އިސް އަމާޒު

ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ގްލޭސިއާ ޕްރިވެންޝަން" އެވެ. ރައީސް ވިދާޅުވީ، މިޝިއާރަކީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއް ކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގަ އެވެ. ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ އާބާދީގެ 2 ބިލިއަން މީހުން އުޅެމުންދަނީ ރައްކާތެރި ފެން ނުލިބިކަމަށްވާތީ މިކަމަށް ހޭލުންތެރިކުރުމަށެވެ.