Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

ފޮޓޯ: މިހާރު

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން މިރޭ ބުނީ އަގުހެޔޮކުރީ ލީޓަރަކުން 0.48 ލާރި ކަމަށެވެ. މީގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 12.21ރ އަށެވެ.

ނަމަވެސް އަގަށް ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރެއްގެ އަގު 11.73ރ އަށް ތިރިވެފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.