މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) މިރޭ ނިޔާވެއްޖެއެވެ.
ސާންތީ މިރޭ ނިޔާވިއިރު، ފާއިތުވި އަހަރުތަކުގައި އޭނާ އައީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ.
ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ސާންތި އަކީ 2008 ވަނަ އަހަރު، ރާއްޖެއިން އެންމެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ރާއްޖޭގެ ބައެއް ކްލަބުތަކަށް ވެސް ކޯޗުކަން ކޮށްދީފައިވާ ސާންތި އެންމެފަހުން ފެނިގެން ގޮސްފައިވަނީ ކްލަބް އީގަލްސްގެ ބެންޗުންނެވެ.
ސާންތި ނިޔާވުމާ ގުޅިގެން ފުޓްބޯޅަ އަދި ކުޅިވަރަށް ލޯބިކުރާ ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ސާންތިގެ އާއިލާ އަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.