އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް، އޭނަގެ މިހާރުގެ ލޯބިވެރިޔާ ބެނީ ބްލާންކޯއާ ގުޅިގެން ނެރުނު ފުރަތަމަ ފިލްމު "އައި ސެޑް އައި ލައިވް ޔޫ ފަސްޓް" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ބެނީ ޕްރޮޑިއުސްކޮށްފައިވާ މި އަލްބަމް ނެރުނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު އަލްބަމް ނެރުމާ އެކީ ސްޕޮޓިފައިގައި 5.05 މިލިއަން ސްޓްރީމިން ވެސް ލިބިފައިވެ އެވެ. ޖުމްލަ 14 ޓްރެކް ހިމެނޭ އައި ސެޑް އައި ލައިވް ޔޫ ފަސްޓް" އަކީ ސެލީނާގެ ހަތަރު ވަނަ ސްޓޫޑިއޯ އަލްބަމެވެ. އަދި ރެކޯޑް ޕްރޮޑިއުސަރެއް ކަމަށްވާ ބެނީގެ ދެވަނަ އަލްބަމެވެ.
‘I Said I Love You First’ by Selena Gomez and Benny Blanco debuts with 5.05 million streams on its first day on Global Spotify. pic.twitter.com/2UaNHXPdo0
— Pop Base (@PopBase) March 22, 2025
ދެ ލޯބިވެރިން ގުޅިގެން ގެނެސްދިން ފުރަތަމަ އަލްބަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ސެލީނާ އާއި ބެނީ އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ރެރޭގަ އެވެ.
އެމެރިކާގެ މިހާރުގެ ނުފޫޒު ގަދަ އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ސެލީނާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ބަތަލާއެއް ވެސް މެ އެވެ.