Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

އަގު ނުޖަހައި މުދާ ވިއްކާތީ ޝަކުވާ ބޮޑުވެއްޖެ

ކުޅުދުއްފުށީގެ ބައެެއް ފިހާރަތަކުގައި ވިއްކަން ހުންނަ މުދަލުގައި އަގު ނުޖަހައި ހުންނަކަމުގެ ޝަކުވާތައް ބޮޑުވެ، އެކަން ހައްލު ކުރަން ކައުންސިލުން އަންގައިފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެ ސިޓީގެ ބައެއް ފިހާރަތަކުން ވިއްކާ މުދަލުގައި އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުުން އަންނަ ކަމަށެވެ. އެހެންވެ މުދާ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ މުދާ ވިއްކާ ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އަންގާފައިވެ އެވެ.