Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ހިތަދު އަށް އިތުރު މަސްދަޅު ކޭސް ފޮނުވައިފި

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިން މަސްދަޅު ކޭސް ލިބިފައިނުވާ އައްޑޫ ސިޓީ ހިތަދޫގެ ގޭބިސީތަކަށް ބެހުމަށް އިތުރު މަސްދަޅު ކޭސް ފޮނުވައިފި އެވެ.

އައްޑޫ ކައުންސިލުން ބުނީ ހިތަދޫއަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިން މަސްދަޅުކޭސް ބެހުމުގައި، ބައެއް ގޭބިސީތަކަށް ލިބިފައިނުވާކަން ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކަށް ބެހުމަށްޓަކައި 518 މަސްދަޅުކޭސް އިތުރަށް ލިބިފައިވާ ކަމަށެވެ.

ކުރިން މަސްދަޅުކޭސް ލިބިފައިނުވާ ގޭބިސީތަކަށް މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް މާދަމާ އިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް ދޫކުރަމުންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ. މަސްދަޅު ކޭސް ދޫކުރާނީ ހިތަދޫ އަވަށު އޮފީހުގެ ކުރީގެ އިމާރާތުންނެވެ.

މަސްދަޅު ކޭސް ހޯދަން އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ކަރަންޓު ބިލު ގެނައުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.