* ބޭނުންވާ ތަކެތި:
2 މޭޒުމަތީސަމުސާ އޮލިވް އޮއިލް
4 ޗިއަބާޓާ ބުރެޑް (ހަތަރެސްކަނަށް ކުދިކޮށް ކޮށާފައި)
60 ގްރާމް ރޮމެއިން ލެޓިއުސް
2 މޭޒުމަތީސަމުސާ ބީފް ބޭކަން (ކެއްކުމަށްފަހު ކުދިކޮށް ކޮށާފައި)
200 ގްރާމް ޑިނގާ (ފެނުކައްކައި ނޮޅައި ސާފުކޮށްފައި)
* ސެލެޑް ޑްރެސިން ބޭނުންވާ ތަކެތި:
1 ބިސް
3 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
3 މޭޒުމަތީސަމުސާ ލުނބޯހުތް
1 ސައިސަމުސާ ވޯސްޓެޝާ ސޯސް
1 ސައިސަމުސާ ޑިޖޯން މަސްޓަޑު
3/1 ޖޯޑު އޮލިވް އޮއިލް
2 މޭޒުމަތީސަމުސާ ޕާމެޒާން ޗީޒު
ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް
* ތައްޔާރު ކުރާނެ ގޮތް:
ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށް ކޮށާފައި ހުރި ޕާންކޮޅުތައް ޓޯސްޓްކޮށްލުމަށް ފަހު ވަކިން ބަހައްޓާށެވެ. ޑިނގާކޮޅުތައް ލުނބޯ ހުތް ޖަހައިގެން ލޮނާއި އަސޭމިރުހާ އެކު ރަނގަޅަށް އެއްކޮށްލުމަށްފަހު ގަޑިއެއްއިރުވަ ންދެން މެރިނޭޓުކުރަން ބަހައްޓާށެވެ.
ސެލެޑަށް ބޭނުންވާ ޑްރެސިން ތައްޔާރުކުރުމަށްޓަކައި، ބިހުގެ ގޮބޮޅި ބޯތައްޓަކަށް އަޅާލާށެވެ. އަދި ލޮނުމެދު، ލުނބޯ ހުތް، ވިނެގާ، ވޯސްޓެޝާ ސޯސް އަދި މަސްޓަޑު އަޅައިގެން އެއްވަންދެން ގިރާލާށެވެ. އެއަށްފަހު މަދުމަދުން އޮލިވް އޮއިލް އަޅަމުން އެއްކުރަމުން ގެންދާށެވެ.
ރަހަ ހެޔޮވަރުކޮށްލުމަށް ލޮނުކޮޅެއް އަޅާލުމަ ށްފަހު އެއް މޭޒުމަތީސަމުސާ ޕާމެޒާން ޗީޒް އެއްކޮށްލާށެވެ.
ވަކިން ތައްޓެއްގައި ރީތިކޮށް ލެޓިއުސް ފަތްކޮޅު އަތުރާލުމަށް ފަހު ކުރިން ޓޯސްޓްކުރި ޕާންކޮޅުތަކާއި، ޑިނގާ އަދި ބޭކަންކޮޅު އަޅާލާށެވެ. ކުރިން ތައްޔާރުކުރި ޑްރެސިންގެ ¾ ވަރު މީގެ މައްޗަށް އަޅާލާށެވެ. އަދި ރީތިކޮށް އެއްކޮށްލާށެވެ. ބާކީ ހުރި ޗީޒްކޮޅު މައްޗަށް ބުރުވާލުމަ ށްފަހު، ޑްރެސިންގެ ބާކީ ހުރި އެތިކޮޅު ސަމުސަލަކުން މީގެ މައްޗަށް އަޅާލާށެވެ.