Last Updated: April 2, 22:48
Wednesday, April 2, 2025
މުނިފޫހިފިލުވުން

'ސިކަންދަރު' ގެ ޓްރެއިލާ ދައްކާލައިފި

ސަލްމާން ޚާންގެ "ސިކަންދަރު" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.

މި މަހުގެ 30 ސިނަމާތަކަށް ދޫކޮށްލާ މި ފިލްމަކީ އޭނަ ޑަބަލް ރޯލެއް ކުޅެފައިވާ އެކްޝަން ތުރިލާއެކެވެ. "ސިކަންދަރު" ގެ ޑައިރެކްޓަރަކީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެނެސްދިން އޭއާރް މުރްގަދޯސް އެވެ.

ސަލްމާނާ އެކު ރަޝްމިކާ މަންދަނާ ބަތަލާގެ ރޯލު ކުޅެފައިވާ "ސިކަންދަރު" ގެ ކާސްޓްގައި ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ޕްރަތީކް ބައްބަރް އަދި ސަތިއަރާޖް ހިމެނެ އެވެ.

މި ފިލްމަކީ 2023 ގެ "ޓައިގާ 3" އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ ސަލްމާންގެ ފުރަތަމަ ފިލްމެވެ.