Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ހުކުމް ތަންފީޒު ކުރަމުންދިޔަ ޒުވާނަކު މަރުވެއްޖެ

މާފުށި ޖަލު-- ފޮޓޯ: ދަ ޕްރެސް

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް ،23، އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދު ހަވީރު 4:20 ހާއިރު ޝަމްވީލް ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގެންދިޔަ ކަމަށެވެ. އަދި 4:55 ގައި ޝަމްވީލް މަރުވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަ ދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި އެއް އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ.

ޝަމްވީލް މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އެކަން ފުލުހުންނަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފަ އެވެ.