Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

'ފަލަސްތީން ފޯރަމް' އައްޑޫގައި ބާއްވައިފި

ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން ބާއްވަން ފެށި "ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން ރޭ އައްޑޫގައި ބާއްވައިފި އެވެ.

އެ ފޯރަމް ރޭ ބޭއްވީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. ފޯރަމްގައި ސްކޫލްތަކުގެ ދަރިވަރުންނާއި، ކޮލެޖް/ޔުނިވަސިޓީތަކުގެ ދަރިވަރުން އަދި ޢާންމުން ވެސް ބައިވެރިވެފައިވެ އެވެ.

އެ ފޯރަމްގައި މައިގަނޑު ތިން ކަމަކަށް ވަނީ އަލިއަޅުވާލި އެވެ. އެގޮތުން ފަލަސްޠީނުގެ ތާރީޚާއި، އަދުގެ ޙާލަތު އަދި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާނެ ރަނގަޅު ގޮތްތައް ވަނީ ކިޔައި ދީފައިވެ އެވެ. މީގެ އިތުރުން، ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޝައިޚް މުޙައްމަދު އަނީލް އާއި އަޙުމަދު ނާޒިހެވެ.

ފަލަސްޠީނު ފޯރަމަކީ ޢިލްމީ ނަޒަރިއްޔާތަކުން ފަލަސްޠީނުގެ ވާހަކަ ގެނެސްދިނުމުގެ ބޭނުމުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދާ ސިލްސިލާ ފޯރަމެކެވެ.

މީގެ ފުރަތަމަ ފޯރަމް މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގައި ބޭއްވި މާލޭގަ އެވެ.