މެދު އިރުމަތީގެ މަޝްހޫރު ޔޫޓިޔުބާއެއް ކަމަށްވާ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.
އެމްއެމްޕީއާރްސީން ބުނީ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ރާއްޖޭގައި މި ރޯދަ މަހުގެ ދުވަސްތައް ކުރިއަށްދާ ގޮތް ދުބާއީ އަށް ނިސްބަތްާ ހާލިދުގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދައްކާލެވޭނެ ކަމަށެވެ.
މިއީ މެދުއިރުމަތިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި ކުރާ މަސައްކަތެކެވެ.
އެގޮތުން ހާލިދު މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރަނީ ރާއްޖޭގެ ޓޫރިޒަމް ތަޖުރިބާކޮށްލަން އޭނަ އަށް ދިން ފުރުސަތާ އެކީގަ އެވެ. އެގޮތުން މޮ މަހުގެ 22 ގައި ރާއްޖެ އައި ހާލިދު މި މަހުގެ 26 އާ ހަމައަށް ޚާލިދު ރާއްޖޭގައި ހުންނާނެ އެވެ.
ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ 3.9 ޕަސެންޓް ހިއްސާކުރަނީ މެދުއިރުމަތިންނެވެ. އެ ގޮތުން މިދިޔަ އަހަރު އެ ސަރަހައްދުން 79،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.