Last Updated: April 1, 23:32
Tuesday, April 1, 2025
ދުނިޔެ

ވުޑްސްގެ ހަޔާތަށް ޓްރަމްޕްގެ ކުރީގެ ޅީދަރިއެއް!

އެމެރިކާގެ މަޝްހޫރު ގޮލްފް ތަރި ޓައިގާ ވުޑްސް، އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ޅީދަރިއަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިއަދު ކަށަވަރުކޮށް ދީފި އެވެ.

އެގޮތުން ޓްރަމްޕްގެ ދޮށީ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ކުރީގެ އަންހެނުން ވެނެސާ ކޭއާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށްދީ ސޯޝަލް މީޑިއާގައި ވުޑްސް މިއަދު ދެ ފޮޓޯއެއް ޕޯސްޓްކޮށް، ހަޔާތުގެ ކުރިއަށް އޮތް ދަތުރަށް އެ ދެ މީހުން ތައްޔާރަށް ތިބި ކަމަށް ބުނެފައިވެ އެވެ.

އެ ޕޯސްޓްގައި ވުޑްސް ވަނީ އެ މީހުން މި ދަނޑިވަޅުގައި ވަރަށް ބޮޑަށް ޕްރައިވެސީ ވެސް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ވެނެސާ، 47، އާއި ޓްރަމްޕް ޖޫނިއާ، 47، ގެ ކައިވެނި 2018 ގައި ރޫޅައިލި އިރު، ފަސް ކުދިން ލިބިފައިވެ އެވެ. ޓްރަމްޕް ޖޫނިއާއާ 2005 ގައި ކައިވެނި ކުރުމުގެ ކުރިން ސައުދީގެ ސިޔާސީ މީހެއް ކަމަށްވާ ހާލިދު ބިން ބަންދާރު އަލް ސައުދުއާ އަހަރުތަކެއް ވަންދެން ވެނެސާ ޑޭޓްކުރި އެވެ.

އެގޮތުން ސައުދީން އިނގިރޭސިވިލާތަށް މިހާރު ކަނޑައަޅާ ހުންނެވި ސަފީރާ ވެނެސާ ރައްޓެހިވެގެން އުޅުނީ 1998-2001 އަށެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ގޮލްފް ތަރިންގެ ތެރޭގައި ހިމެނޭ ވުޑްސް، 49، އާއި ވެނެސާ ޑޭޓްކުރަން ފެށީ މިދިޔަ އަހަރު އެވެ. ވުޑްސް އާއި އަންހެނުން އެލިން ނޯޑެގްރެން ވަރިވީ 2010 ގަ އެވެ. އޭގެ ފަހުން ލިންޒީ ވޮން ކިޔާ އެތުލީޓަކާ 2013-2015 އަށް ވުޑްސް ޑޭޓްކުރި އެވެ.