ގިނަ އަދަދެއްގެ ޓޫރިސްޓުންނާ އެކު ސްރީ ލަންކާ އިން ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެ އެވެ.
އިއްޔެ މާލޭގައި ބަނދަރުކުރި "އެމްއެސް ކްރިސްޓަލް ސިންފޮނީ" އިން 307 ޓޫރިސްޓުންނާއި 477 ކްރޫ މެންބަރުން އައިސްފައިވެ އެވެ.
މިއީ މި ކްރޫޒްލައިނާ މި އަހަރު ރާއްޖެ އަށް އައި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ ޖަނުއަރީ ގައި ރާއްޖެ އައި 216 ޓޫރިސްޓުްނާއި 416 ކްރޫންނާ އެކުގަ އެވެ.
ރާއްޖެ އަށް އަބަދު ވެސް ދުނިޔޭގެ އެކި ހިސާބުތަކުން ކްރޫޒްލައިނާތައް އާދެ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޖައްދުތަކަށް ކްރޫޒްލައިނާތައް ދެ އެވެ.