މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އާއި ހިންގާ ކޮމެޓީ އާ ދައުރަކަށް އިންތިޚާބު ކުރުން މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
މިކަން ކުރިއަށް ދާނީ އެ ރޭ 9:30 ގައި ގަލޮޅު ދަނޑުގެ ޔޫތު އެކަމަޑޭޝަން ބްލޮކްގަ އެެވެ.
އެ ޖަލްސާގައި ޕެރަލިމްޕިކް ކޮމިޓީގެ އާ ހިންގާ ގަވާއިދު ފާސްކުރުމާއި ހިންގާ ކޮމެޓީ އާ ދައުރަކަށް އިންތިޚާބު ކުރުން އޮންނާނެ އެވެ. އެހެންވެ ކޮމިޓީގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލާއި ޚަޒާންދާރާއި މެމްބަ އެޓް ލާޖްފގެ އިތުރުން
އެތުލީޓްސް ރެޕްރެޒެންޓޭޓިވް ކަމަށް ކުރިމަތިލާން ވަނީ މެންބަރުންނަށް ވަނީ ހުޅުވާލައިފަ އެެވެ.
"އެތުލީޓްސް ރެޕްރެޒެންޓޭޓިވް" މަޤާމު ފިޔަވައި އެހެން މަގާމުތަކަށް ކުރިމަތިލެވޭނީ މިއަދު މެންދުރު ފަހު 2:00 ގެ ކުރިންނެވެ
މި އިންތިހާބުގައި ވޯޓު ދެވޭނެ ފަރާތްތަކާއި ނޮމިނޭޓުކުރާ ފަރާތްތަކުގެ ތެރެއިން ބަލައިގަނެވޭނެ ފަރާތްތައް ކަނޑައެޅިގެންދާނީ އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކްގައި ބުނާ ޝަރުތުތަށް ފުރިހަމަވާ ފަރާތްތަކަށެވެ.
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ފުރިހަމަ މެމްބަރުން ޖަލްސާގައި ބައިވެރިވެ ވޯޓް ދޭނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރު ކުރިން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް ލިޔުމަކުން ހުށަހަޅަން ޖެހެ އެވެ.