Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ތެލަސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލެއް

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މަގާމަށް އައްޔަންކޮށްފައިވަނީ އަހުމަދު މައުސޫމް ކަމަށެވެ.

މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ ކުރިން މައުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.

މީގެ އިތުރުން އެ ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަކާއި ޑިރެކްޓަރެއްގެ މަގާމަށް ވެސް ވަރަށް އަވަހަށް ބޭފުޅުން ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތެލަސީމިއާ ސެންޓަރަށް ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށާއި އަދި އެތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށްވެސް މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.