ރަމަޟާން މަހުގެ ދެވަނަ 10 އެއްގައި ޒަކާތު ހައުސްއަށް ފިތުރު ޒަކާތުގެ ގޮތުގައި 4.7 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ދެވަނަ 10 އެއްގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 4،718،374.42 ރުފިޔާ ވަނީ ބަލައިގެންފަ އެވެ. މިއީ ފާއިތުވެދިޔަ ފަސް އަހަރުގެ ރަމަޟާން މަހުގެ ދެވަނަ 10 ދުވަހާއި ބަލާއިރު ބޮޑު އިތުރުވުމެކެވެ.
ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިން ޕްލެޓްފޯމްތަކުން ބަލައިގަނެވުނު ފިޠުރުޒަކާތުގެ ތަފާސްހިސާބު (5 އަހަރު)#RoadhaigeRoohu #zakathousemv #maldiveszakathouse pic.twitter.com/tAGZadLi7r
— Maldives Zakat House (@ZakatHouseMv) March 24, 2025
ޒަކާތު ހައުސް އިން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. އެގޮތުން މި ފަހަރުވެސް އޮންލައިންކޮށް ފަސް ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެ އެވެ.
އޮންލައިންކޮށް ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތައް:
* ދިރާގު އެޕް/ދިރާގު ޕޭ (ވެބްސައިޓް)
* އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
* މޯލްޑިވްސް އިސްލާމިކް ބޭންކް (އެޕްލިކޭޝަން)
* ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްލޭޝަން)
* ފަހިޕޭ (އެޕްލިކޭޝަން)
* ބަނޑޭރި ޕޭ
ޒަކާތު ހައުސް އިން ބުނީ ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާނެ އެވެ.
* މާޗު 23-30 އަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 02:00 އަށް
ޒަކާތު ހައުސިން އިން ބުނީ ރަށްރަށުގައި ނަގުދު ފައިސާއިންނާއި ކައުންސިލްތަކުގެ އެކައުންޓްތަކަށް ޓްރާންސްފާކޮށްގެން ޓްރާންސްފާ ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ރަށު އަދި ސިޓީ ކައުންސިލްތަކުން ކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދު:
* އާދައިގެ ހަނޑޫ: 12ރ.
* ތައިލެންޑް ހުދު ހަނޑޫ: 62ރ.
* ރަތް ހަނޑޫ: 86ރ.
* ބާސްމަތީ ހަނޑޫ (އާދައިގެ): 74ރ.
* ބާސްމަތީ ހަނޑޫ (މޮޅު): 100ރ.
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133ރ.
* އާދައިގެ ފުށް: 10ރ.
8- އާޓާ ފުށް: 75ރ.
ފިޠުރު ޒަކާތަކީ ރޯދަ މަހާ ވިދިގެން ދައްކަން ފަރުޟުކޮށްފައިވާ ޒަކާތެކެވެ.