* ބޭނުންވާ ތަކެތި (ޗިކަން ފިލިން އަށް):
6 ކުކުޅު ފައި
1 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)
1 ބިސް،
1 މޭޒުމަތީސަމުސާ އިނގުރު (ގާނާފައި)
½ ސައިސަމުސާ ލޮނު
½ ޖޯޑު ފިޔާގަސް (ކުދިކޮށް ކޮށާފައި)
½ ސައިސަމުސާ އަސޭމިރުސް
½ ޖޯޑު ކެރެޓު (ގާނާފައި)
1 މޭޒުމަތީސަމުސާ ސޮޔާސޯސް
ޖޯޑު 1 މޭޒުމަތީސަމްސާ އޮއިސްޓަ ސޯސް
2 މޭޒުމަތީ ސަމުސާ ތެޔޮ
ބޭނުންވާ ތަކެތި (ޑަމްޕްލިން ފުށްގަނޑަށް):
2 ޖޯޑު ފުށް
1 ސައިސަމުސާ ލޮނު
1 ޖޯޑު ފެން
* ޗިކަން ފިލިން ތައްޔާރު ކުރާނެ ގޮތް:
ކުކުޅު ފައިގެ ކަށިތައް ނެގެމަށް ފަހު ކުކުޅު މަސްކޮޅު މުގުރާލާނީއެވެ. ދެން ކުކުޅުމަސް ކޮޅު ބޯތައްޓަކަށް އެޅުމަށް ފަހު ލޮނު، އަސޭމިރުސް، އިނގުރު، ލޮނުމެދު، ސޯޔާސޯސް، އޮއިސްޓަ ސޯސް، ފިޔާގަސް، ކެެރެޓު އަދި ބިސް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާނީ އެވެ.
ޑަމްޕްލިން ފުށްގަނޑު:
ބޯތައްޓެއްގައި ފުށާއި ލޮނު އެއްކޮލުމަށްފަހު ހޫނު ފެން މަޑުމަޑުން އެއްކުރަމުން ގޮސް ފުއްގަޑުން ގުޅަވެށޭވަރަށް މޮޑެލާށެވެ.
ދެން ކުދިކޮށް ގުޅަވަށާފައި ދަމާލާށެވެ. ދަމާފައި ހުރި ފުށްގަނޑު މަތީގައި މޭޒުމަތީ ސަމުސަލަކުން ޗިކަން ފިލިންކޮޅެއް އެޅުމަށް ފަހު ފުއްގަނޑު ބައްދާލާނީ އެވެ. އަދި ބައްދާލި ދިމާލުގައި ރޫކޮޅެއް ހެދޭގޮތަށް އިނގިލިން ފިއްތާލާށެވެ.
ދެން ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށް ފަހު ޑަމްޕްލިންސްތައް އަތުރާލާފައި އިރުކޮޅަކު ބަހައްޓާށެވެ. ދެން ތަވާ ތެރެއަށް ފެން ފޮދު އެޅުމަށް ފަހު މަތިޖަހައި އާވިން ކައްކާލާނީ އެވެ.
ހިޔާލު ފާޅުކުރައްވާ