Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ތުލުސްދޫގައި ސްޓެލްކޯގެ އާ އިންޖީނުގެއެއް އަޅަނީ

ކ. ތުލުސްދޫގައި އަލަށް ގާއިމުކުރަން ނިންމާފައިވާ އިންޖީނުގެ އާއި ކަސްޓަމާ ސާވިސް ބިލްޑިން ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހު މީއެވެ. މަސައްކަތް ހަވާލުކުރި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ރާފިއު އެވެ.

ތުލުސްދޫ އާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާ ގޮތަށް 11.9 މިލިއަން ރުފިޔާއަށެވެ.