ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަލަށް އަޅާ އިސްލާމީ މަރުކަޒުތަކުގައި ވެސް ނަމާދު ކުރާ ޖާގައިގެ އިތުރުން ކުލާސްރޫމާއި ޖަލްސާކުރާ ހޯލެއްވެސް ހިމެނޭނެ ކަމަށެވެ.
އިސްލާމީ މަރުކަޒުތަކުގައި ދީނީ ޢިލްމު ފެތުރުމާއި، އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.