ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި ސެމްސަންގުގެ ކޯ-ސީއީއޯ ހަން ޖޮންގް-ހީ މަރުވެއްޖެ އެވެ.
މީޑިއާކުން މިއަދު ބުނީ އޭނަމަރުވީ ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުުން ދަނިކޮށް ކަމަށެވެ. އުމުރުން 63 އަހަރުގެ ހަން ސެމްސަންގުގެ ކޯ-ސީއީއޯއަކަށާއި ވައިސް ޗެއާމަންގެ މަގާމަށް އައްޔަންކުރީ 2022 ގަ އެވެ. އޭގެ ފަހުން ކުންފުނީގެ ކޮންޒިއުމާ އިލެކްޓްރޯނިކާއި މޮބައިލް ޑިވައިސް ޑިވިޝަންގެ އިންޗާކަށް ހުރީ ވެސް ހަން އެވެ.
ސެމްސަންގްއާ އޭނަ ގުޅުނީ މީގެ 40 އަހަރު ކުރިންނެވެ. އެގޮތުން އެ ކުންފުނީގެ ޓީވީ އުފައްދާ ޑިވިޝަންގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްކޮށްފައިވެ އެވެ.
ސެމްސަންގު އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ޓެކް ކުންފުންޏެވެ. އެޕަލްގެ އައިފޯން ފިޔަވައި އެންމެ މަގުބޫލު ސްމާޓް ފޯނަކީ ސެމްސަންގް ފޯނެވެ.