ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ އަށް ކާފަ ދަރިޔަކު ލިބިއްޖެ އެވެ.
އޭނަގ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އާއި ފިރިމީހީ ކޭއެލް ރާހުލްގެ އަލަތު ދަރިފުޅު އުފަންވީ އިއްޔެ އެވެ. އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ ލިބުނީ އަންހެން ކުއްޖެއް ކަމަށެވެ. އާތިޔާ ވިހޭކަން އިއުލާންކުރުމާ އެކީ ވަރަށް ގިނަ ފިލްމީ ތަރިންނާއި ކްރިކެޓް ތަރިން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
އާތިޔާ، 32، އާއި ކްރިކެޓް ތަރި ރާހުލް، 32، ކައިވެނިކުރީ 2023 ގަ އެވެ. އާތިޔާ އަކީ ސުނިލްގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އަނެއް ކުއްޖާ އަކީ 2021 ގެ "ތަޅަޕް" އިން ބޮލީވުޑަށް ނުކުތް އަހާން ޝެޓީ، 29، އެވެ.
އާތިޔާ އަކީ 2015 ގެ "ހީރޯ" އިން ބޮލީވުޑަށް ނުކުތް ނަމަވެސް ކުޅޭނެ ފިލްމެއް ފަހުން ނުލިބި ފިލްމީ ކެރިއަރު ހުއްޓުމަށް އައިސްފައިވާ ބަތަލާއެކެވެ. އޭނަ މިހާތަނަށް ކުޅުނީ އެންމެ ތިން ފިލްމެވެ. އެއީ "ހީރޯ" ގެ އިތުރުން 2016 ގެ "މުބާރަކަން" އާއި 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ.
"ދަޅުކަން" އާއި "ބޯޑާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ސުނިލް، 63، ގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ނާދާނިޔާން" އެވެ.