ނ. ވެލިދޫގައި އަންނަ މަހު ޑަޔަލިސިސް ގެ ހިދުމަތް ފަށަން ނިންމައިފި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް 'އެމްއެމްޓީވީ' ގައި ވިދާޅުވީ އެ ހިދުމަތް އެ ރަށުގައި ފެށުމަށްޓަކައި ކުރަން ޖެހޭ އިންތިޒާމުތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.
"ޑަޔަލިސިސްގެ ހިދުމަތް ހޯދަން ޖެހޭ މީހުން ގިނަ ރަށްރަށަށް ބަލައިގެން، މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިގެން އެބަދ. އެގޮތުން އިހަވަންދޫގައި ވަރަށް ފަހުން މި ހިދުމަތް ފަށައިފިން،" އޭނަ ވިދާޅުވި އެވެ. "ނ. އަތޮޅުގައި ޑަޔަލިސިސްގެ އެނދު އިތުރުކޮށްފިން، ގއ. ވިލިނގިލީގައިވެސް މިހާރު ޑަޔަލިސިސްގެ ހިދުމަތް ދެވެމުންދާނެ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މަސް ދުވަސް ތެރޭގައި ނ. ވެލިދޫގައި ވެސް މިހިދުމަތް ފެށިގެން ދާނެ."
ޑަޔަލިސިސް އަކީ ކިޑްނީ ބަލީގެ މީހުންނަށް ދޭ ފަރުވާއެކެވެ.