Last Updated: November 25, 11:46
Monday, November 25, 2024
ޚަބަރު

އެކްސިޑެންޓްގައި ޒަޚަމްވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ

އެކްސިޑެންޓްގައި ޒަޚަމްވި މީހަކު އެމްބިއުލާންސަށް އަރުވަނީ. އައްޑޫލައިވް ފޮޓޯ: ސިޔާން

މިރޭ އައްޑޫ ސިޓީ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޚަމްވި އުމުރުން ދުވަސްވީ މީހާ ނިޔާވެެެއްޖެއެވެ.

އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ސ.ހިތަދޫ ވިޖްނީގޭ އިބްރާހިމް ކަލޯ (59އ)އެވެ. އޭނާ ނިޔާވެފައިވާކަން ހޮސްޕިޓަލުގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އިބްރާހިމް ކަލޯ ހޮސްޕިޓަލަށް ގެނައިއިރު ވެސް އޮތީ ހޭނެތިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫން މަރަދޫކޮޅަށް ދިޔަ ދެ ސައިކަލް ޖެހިގެންނެވެ.

ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވީ، އިބްރާހިމް ކަލޯ ހޮސްޕިޓަލަށް ގެނައި އިރުވެސް ހޭ ނާރާކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު އިތުރު ދެމީހަކަށް ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރެއިން އެކެއްގެ އަތް ބިންދައިގެން ގޮސް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހްގީގު ކުރަމުން އަންނަ ކަމަށް ޕޮލިހުން ބުނެއެވެ.