ކާރު އުފައްދާ ދެކުނު ކޮރެއާގެ މަޝްހޫރުު ކުންފުނި ހޮންޑޭ އިން އެމެރިކާގެ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.
މިކަން އިއްޔެ އިއުލާންކޮށްފައި ވަނީ ވައިޓް ހައުސްގައި އިއްޔެ ހޮންޑޭގެ ޗެއާމަން ޗަންގް އޫ-ސަންއާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަވުމުގައި ލޫސިއާނާގެ ގަވަރުނަރު ޖެފް ލެންޑްރީ ވެސް ބައިވެރިވެވައިގަތެވެ.
އެމެރިކާގައި ހިންގަން ނިންމާފައިވާ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ދަށުން ލޫސިއާނާގައި 5.8 ބިލިއަން ޑޮލަރު ސްޓީލް ޕްލާންޓެއް ގާއިމު ކުރަން ހަމަޖެހިފައިވެ އެވެ. އެ ފެސިލިޓީ ވާނީ އަހަރެއްގެ ތެރޭގައި 2.7 މިލިއަން މެޓްރިކް ޓަނުގެ ސްޓީލް އުފައްދާ ތަނަކަށެވެ. އެތަނުގެ ސަބަބުން އެމެރިކާގައި 1،400 ވަޒީފާ ވެސް އުފެދިގެން ދާނެ އެވެެ.
ލޫސިނިއާގައި ގާއިމުކުރާ ސްޓީލް ޕްލާންޓް ވާނީ ހޮންޑޭ އިން އެމެރިކާގައި ގާއިމުމުކުރާ މިފަދަ ފުރަތަމަ ފެސިލިޓީއަށެވެ.
އެމެރިކާގައި ހިންގާ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވާނީ ހޮންޑޭ އިން އެމެރިކާގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓަށެވެ. މިއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެެއް ނުކުރެ އެވެ.
ޓްރަމްޕް އިއްޔެ ވިދާޅުވީ ހޮންޑޭ އިން ކުރަން ނިންމާފައިވާ ބިޔަ އިންވެސްޓްމަންޓުން ދައްކުވައި ދެނީ އެމެރިކާއާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގެ ދޮރު ވަރަށް ބޮޑަށް ހުޅުވިފައި އޮތްކަން ކަމަށެވެ.