Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ރަސްދޫން ފިހުނު ދެމަފިރިން ވެންޓިލޭޓަރުގައި

އއ. ރަސްދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި އެވެ.

އައިޖީއެމްއެޗުން ބުނީ ފިހިގެން ހޮސްޕިޓަލަށް ގެނައީ އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށާއި އަދި އެ ދެމީހުންގެ ހާލު ވެސް ސީރިއަސްވެ، ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ރޭ ދަންވަރު 23:15 ހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

އެ ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދެ މީހަކު ޒަހަމްވެގެން އިތުރު ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.