* ބޭނުންވާ ތަކެތި:
1 ޖޯޑު ޕާސްޓާ (މެކެރޯނީ، ފެނުކައްކައި މަޑުކޮށްފައި)
1/2 ޗެޑަ ޗީޒް (ގާނާފައި)
1/2 ޖޯޑު ބްރޮކޮލީ (ކުދިކޮށް ކޮށައި ކުޑަ ފެންފޮދެއްގައި ކައްކައި މަޑުކޮށްފައި)
ލޮނު
އަސޭމިރުސް
1 ލޮނުމެދު
1 ސަމުސާ އޮލިވްއޮއިލް
* ތައްޔާރު ކުރާނެ ގޮތް:
ލޮނުމެދު ޗަސްކޮށްލުމަށް ފަހު ކައްކަން ބޭނުން ކުރާ ތެއްޔަށް ވައްޓާލާށެވެ. އޮލިވްއޮއިލް އަޅައިގެން މަޑުގިނީގައި ލޮނުމެދުކޮޅު ކުޑަކޮށް މުށިކުލައަށް ބަދަލުވަންދެން މީރުކޮށްލާށެވެ.
ދެން ޕާސްޓާ އާއި ބްރޮކޮލީ އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާނީ އެވެ. ޗީޒް ތަށީގެ ތިންބައިކުޅަ އެއްބައި އެއާއި އެއްކޮށްލާށެވެ. ލޮނު، އަސޭމިރުސް އަޅަން ބޭނުން ނަމަ ރަހަ ބަހައްޓަން ބޭނުން މިންވަރަށް ލޮނާއި އަސޭމިރުސް އަޅާނީ އެވެ.
ޗީޒް ރަނގަޅަށް މެލްޓްވެ، ޕާސްޓާތގައި ހޭކި އެއްވީމާ، އެހެރީ ތައްޔާރު ކުރެވިފަ އެވެ.
ދެން ތައްޓަކަށް އެޅުމަށް ފަހު ބާކީ ހުރި ޗީޒްކޮޅު މައްޗަށް ބުރުވާލާނީ އެވެ.